ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
އީސާގެފާނު ހަމަ މަރުވުމަށްފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެންބާއޭ ހިތަށްއެރިތަ؟
މިކަން ޔަގީންކޮއް އެގޭނީ ކިހިނެއް؟
އީސާގެފާނު ކިޔަވައިދެއްވަމުން ގެންދަވާތާ ތިން އަހަރު ވީއިރު...
އެކަލޭގެފާނު އަވަހާރަވާނެކަމަށްބުނެ އެކަލޭގެފާނަށް ތަބާވީ އެންމެ ގާތްމީހުނަށް އިންޒާރު ދެއްވި
އަދި މަރުގެ މައްޗަށް ބާރުހިންގަވާ އަލުން ދިރޭނެ ކަމުގައި ވަޢުދުވެވަޑައިގެން
އެކަމަކު އެކަލޭގެފާނުގެ ބަސްފުޅެއް އެމީހުންނަކަށް ނުވިސްނުނު
އެކަލޭގެފާނަށް ތަބާވި މީހުންގެތެރެއިން އެކަކު ކަމަށްވާ ޔޫދާސް ޚިޔާނާތްތެރިވި
އެއަށްފަހު، ދީނީ އިލްމުވެރިން އީސާގެފާނު ދޮގު ތުހުމަތުކޮށް ކުއްވެރިކުރި
މީހުން އެ ދޮގުތައް ގަބޫލުކޮށް އެކަލޭގެފާނު މަރާލުމަށް ގޮވަމުންދިޔަ
އެކަލޭގެފާނަށް ތަބާވެގެންތިބި މީހުން ބިރުން ދުވެފިލި އަދި އެކަލޭގެފާނު ނުވެސްދަންނަ ކަމަށް ބުނެ ދޮގުވެސް ހެދި
ކުރެވުނު ބޮޑުކުށުގެ މިންގަޑުއެގި ވީދެރައިން ޔޫދާސް އަމިއްލައަށް މަރުވި
އެކަމަކު އެއީ މާތްރަސްކަލާނގެ ރޭވުންފުޅު—
މިހިނގި ހުރިހާ ކަމެއް އެކަލާނގެ ނަބިއްޔުން މެދުވެރިކޮށް މާކުރިން ވަނީ އަންގަވާފަ
އީސާގެފާނު މަރާލީ ދެ ކުށްވެރިންނާއެކު އެ ޒަމާނުގެ އާންމު ގޮތެއްގައި —
ސަލީބަކަށް ނަގައިގެން
ރޯމު ސިފައިން އެކަލޭގެފާނު މަރުވެއްޖެކަން ޔަގީންކޮށްދިނުމުން
އެކަލޭގެފާނުގެ ހަށިކޮޅު ފަރުބަދާގަ ކަޑާފަހުރި މަހާނައަކަށް ގެންގޮސް ފާރަވެރިވުމަށް ރޯމަނުންގެ ގާޑުން ބޭތިއްބި
ތިންވަނަ ދުވަހު އީސާގެފާނަށް އީމާންވީ ބައެއް އަންހެނުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅުލުމަށް ތައްޔާރުކުރި ސާމާނު ހިފައިގެން އެތަނަށް ދިޔަ...
މަލާއިކަތުން މަހާނައިގެ ހިލަ ފުރޮޅާލުމުން ރޯމުސިފައިން ވަރަށް ބިރުގަން
އެ އަންހެނުން އެތަނަށް އާއިރު ފެނުނީ ހުސް މަހާނަ، މަލާއިކަތުން އެމީހުނަށްބުނި
މަރުވެފައިވާ މީހުންގެ ތެރެއިން ދިރިހުރި މީހަކު ތިހޯދަނީ ކީއްވެގެން؟ އޭނަމިތާކުނެތް އޭނަ ދިރިއްޖެގެން ތެދުވެއްޖެ!”
އެމީހުން ގޮސް އެހެން އަސްހަބީން ގާތު މިވާހަކަ ބުނި، އެކަމު އެމީހުން ގަބޫލެއް ނުކުރި...
އެއީ ޙޮދު އީސާގެފާނު އެމީހުންގެ މެދުތެރޭ ހުއްނެވިތަން ފެއްނަންދެން
އައްސަލާމް އަލައިކުމް
އެއަށް ފަހު 40 ދުވަހުގެތެރޭ އެތައް ފަހަރަކުމަތިން އެކަލޭގެފާނު އެމީހުންނާ ބައްދަލުކުރެއްވި
ސުވަރުގެއަށް އަރާވަޑައިގަތުމުގެ ކުރިން އެ 40 ދުވަހުތެރޭ އީސާގެފާނު ފަސްސަތޭކައަށްވުރެ ގިނަ މީހުންނަށް ފާޅުވެވަޑައިގެން
ބިރުން ފިލި އެކަލޭގެފާނުގެ އެންމެ ގާތް އަސްހަބީންނަށް ވިސްނި، ގަބޫލުކުރެވުނު
އެމީހުނަށް ފެނި ހެކިވި ހުރިހާ ކަންތައްތައް އެހެން މީހުންނަށް ކިޔައިދިން، އެކަމުގެ ސަބަބުން އޭގެތެރޭން ބައެއްމީހުން ގަތުލުވެސް ކުރެވުނު
އެކަމަކު އީސާގެފާނު ގެ މަރާއި، އަދި އަލުން ދިރުމާއި ބެހޭ ޚަބަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ.
މި ހެކިންގެ ސަބަބުން، އެކަލޭގެފާނުގެ މަރާއި، އަލުން ދިރުމާއި، ބެހޭ ޙަބަރަކީ ތެދުކަން އަހަރުމެއްނަށް ޔަޤީންވޭ
އީސާގެފާނު މަރުވީ އަހަރެމެންގެ ފާފަތަކުގެ އަދަބު އަދާކުރުމަށް
އީސާގެފާނު މަރުގެ މައްޗަށް ބާރު ހިންގަވާ ދިރިވަޑާގެން
އޭކަލެގެފާނު މިހާރު ވެސް ސުވަރުގޭގައި ދިރިއެބަހުއްނެވި އަދި އެއްދުވަހަކު ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުންގެ މައްޗަށް ޙުކުމް ކުރެއްވުމަށް އެބުރި ވަޑައިގައްނަވާނެ
އީސާގެފާނުގެ މަރާއި އަލުންދިރިވަޑައިގަތުމާމެދު ތިބާގެ ޖަވާބަކީ ކޮބާ؟