ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
އީސާގެފާނަށް ތަބާވާ މީހުން އީމާންވަނީ ކީއްވެގެންތޯ ތިބާ ވިސްނިންތަ
ކިތާބުލްމުޤައްދަސް މިއަދުވެސް އޮތީ ހަމަ އަސްލު ލިޔެވުނު އިރު ވެސް އޮތްގޮތަށް
މިއީ 1500 އަހަރު ތެރޭ ލިޔެވިފައިވާ މާތްރަސްކަލާނގެ މާތް ފޮތްކޮޅު
ހަގީގަތުގައި ކިތާބުލްމުޤައްދަސްއަކީ މީސްތަކުއްނަށް މާތްރަސްކަލާނގެ އަޚްލާޤީ މިންގަނޑުތަށް އަންގާދޭ ކުތުބުޙާނާއެއް
އެފޮތުގަ ހިމެނެނީ ތައުރާތާއި، ޒަބޫރާ، އިންޖީލް، އަދި އީސާގެފާނު ޤަބޫލުކުރާ ޖަމާއަތްތަކަށް ފޮނުވުނު ސިޓީތައް
އެފޮތުގައި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ތެރޭގައި ހިމެނޭ އަހަރެމެންގެ ވާހަކަ ބަޔާންކުރެވިފައިވޭ
ބައެއް މީހުން ހީކުރެވޭ މިފޮތަށް ބަދަލުތަކެއް ގެނެވިފައިވާހެން
ފަހަރެއްގައި އެހެންހީވަނީ އެއީ މިފޮތް އެތަށް ބަހަކަށް ތަރުޖަމާ ކުރެވިފަ ވާތީ
ކިތާބުލްމުޤައްދަސްގެ އަސްލު ލިޔެވިފަވަނީ ތިން ބަހަކުން އޭގެ ފަހުން އެފޮތް އެތަށް ބަހަކަށް ތަރުޖަމާ ކުރެވިފަވޭ
އެގޮތުން ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ބަހުން މާތްރަސްކަލާނގެ ބަސްފުޅު ކިޔައިލެވޭ
ބައެއް ބަސްބަހުގެ މިފޮތުގެ ތަފާތު ތަރުޖަމާތަށްވެސްވޭ އެކަމަކު އެހުރިހާ ތަރުޖަމާއެއްގައި ވެސް ވަނީ ހަމަ އެކައްޗެއް
މިފޮތުގެ ކޮންމެ ކޮޕީއަކީ ވެސް އަސްލު ލިޔުންތަކުގެ ތަރުޖަމާއެއް ކަމުން އެ ލިޔުންތަކާ އަޅާ ބެލެވޭ
ފެއްނަންހުރި އެތަށް އާސާރީ ހެކިތަކަކުން މިޒަމާނުގެ ތަރުޖަމާތައް ސައްޙަވެ ތެދުވޭ
މީލާދީން 3 ވަނަ ޤަރުނު އެކުލަވާލެވިފައިވާ 981 ޤަދީމީ ކިތާބުލްމުޤައްދަސްގެ މެނޫސްކްރިޕްޓާ
އަދި 20 ވަނަ ގަރުނު މެދުތެރޭ މަރުވެފަވާކަނޑުގެ ކާރިން ފެނިފަވާ މީލާދީން 1 ވަނަ ޤަރުނުގެ މެނޫސުކްރިޕްޓް މިސާލަކަށްވޭ
މި މެނޫސްކްރިޕްޓްތަކުގެ ތެރެއިން އެއް މެނޫސްކްރިޕްޓަކީ މޮޅު ޔަޝާޔާ ސްކްރޯލް
އޭގާ ޔަޝާޔާގެފާނުގެ ފޮތުގެ 66 ބާބު ފުރިހަމައަށްވޭ
އެފޮތަކީ އީސާގެފާނުގެ ޙަޔާތާއި މަރުގެ ވާހަކަޔާމެދު ވަހީބަސްފުޅު ލިޔެވިފައިވާ ފޮތެއް
މޮޅު ޔަޝާޔާ ސްކްރޯލްއާ މިޒަމާނުގެ ކިތާބުލްމުޤައްދަސްގެ ޔަޝާޔާގެ ފޮތާ އެއްވެސް ދަފާތެއްނުވޭ
އީސާގެފާނާއި ބެހޭގޮތުން އަހަރުމެއްނަށް އަންގައިދިނުމަށް އެފޮތުގައިވާ ބައި އެކުލަވާލާފަވަނީ
އެއްވަނަ ޤަރުނުގަ އެކަލޭގެފާނާއެކު ދިރިއުޅުނު އެކަލޭގެފަނުގެ އަސްހާބީން
އެލިޔުންތައް އެއަސްހާބީން އެހެން ސަރަހައްދު ތަކުގައި އުޅުނު އަސްހާބީންނަށް ފޮނުވުމުން އެމީހުން ވެސް އެކަންތަށްތަށް ކަށަވަރުކޮށްދިން
ލިޔެފައިވާ ތެދުގެ ހަޤީޤަތް ކޮޕީކޮށް، އީސާގެފާނަށް ތަބާވާ އިތުރު މީހުންނަށް ފޮނުވުނު
އީސާގެފާނާއިމެދު އަންގާދޭ 000،25 ވުރެ ގިނަ ޤަދީމީ ކިތާބުލްމުޤަސްދަސްގެ މެނޫސްކްރިޕްޓްތަކުގެ ކޮޕީތަށް ވަނީފެނިފަ
މިހުރިހާ ކޮޕީއެއްވެސް އެއްގޮތް އަދި މިޒަމާނުގެ ފޮތާ އެއްވެސް ތަފާތެއްނުވޭ
އަދި ގްރީކް ބަހުން ލިޔެފައިވާ ކިތާބުލްމުޤައްދަސްގެ ހުރިހާފޮތެއް ހިމެނޭ ކޮޕީއެއް ބްރިޓިޝް ލައިބްރަރީގައި ދައްކާލުމެއްގެ ގޮތުގަވޭ
މީލާދީން 350 ވަނަ އަހަރުގެ މިފޮތްކޮޅު، ކޯޑެކްސް ސިނައިޓިކަސް އާ، މިޒަމާނުގެ ކިތާބުލްމުޤައްދަސްއާ އެއްވެސް ތަފާތެއްނެތި ސީދާ އެއްގޮތް
ޤަދީމީ ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ ކޮޕީތައް ފެނިފައިވާ ފޮތަކީ ކިތާބުލްމުޤައްދަސް
މިހުރިހާ ހެކިތަކުން ސާބިތުވެ އެގޭގޮތުގައި މިއަދުވެސް އެފޮތްކޮޅުގައި އެކުލެވެނީ ހަމަ އެތައްހާސް އަހަރެއްކުރިންވެސް
ލިޔެވިފައިވާ އަސްލު ލިޔުންތަކުގައި ވާފަދައިންކަން