ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
ބައެއްފަހަރު ހިޔެއް ނުވޭތަ ދުނިޔެވަނީ މުޅިން ހަލާކުވެފަހެން
ކޮންމެސް ކަމެއް ގޯސްވެ ރަގަޅު ނޫންހެން
ފުރަތަމަ މާތްރަސްކަލާނގެ ދުނިޔެ ހެއްދެވިިއރު ހެއްދެވީ ވަރަށް ފުރިހަމަކޮށް
އެކަމަކު އަހަރުމެން ނުކިޔަމަންވެ އެކަލާނގެއާއި ވަކިވެގެން ދިޔައީ
ކިތާބުލްމުޤައްދަސް ގަ މިވަކިވެ ދިއުމަށް ކިޔަނީ ފާފަ
އެއީ އަހަރުމެންގެ ބޭރުފުށުގެ އަމަލުތަކެއްނޫން ހިތުގެ އަޑީގެ ސިފަ ނުވަތަ ނިޔަތް
އަހަރުމެންގެ ނުކިޔަމަންތެރިކަމުގެ ނަތީޖާއަކީ މަރު - އަހަރމެންގެ އަސްލާ ވަކުވުން
މިވަކިވުމެގެ އިހުސާސް އަހަރުމެއްނަށް ކުރެވެނީ ކުށާ، ލަދާ، ނުބައިކަމުގެ އިހުސާސް ކުރެވޭ ހިނދު
އެކަމު ފާފަ ނައްތާލުމަށް ނޫނީ ދިރިހުރުން އަލުން އާލާކުރުމަށް އަހަރުމެއްނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް
އަހަރުމެން މިވަނީ މަތިވެރި މާތްﷲ އާ ވަކިވެފަ
މިއީ އަހަރުމެންގެ ވާހަކައިގެ ނިމުންނަމަ އެއީ ވަރަށް ވެސް ހިތާމަވެރި ވާހަކައެއް، އެކަމަކު މާތްރަސްކަލާނގެ ގޮތެއް ދެއްކެވި
ފެށުމުގައިވެސް އެކަލާނގެ ވަނީ އަހަރުން މިންޖުކުރެއްވުމަށް މަގެއް ނިއްމަވާފަ
އެކަލާނގެ އެ ރޭވުންފުޅު އިންސާނުންގެ ކާބަފައިންނަށް ހާމަކުރެއްވި
ކިތާބުލްމުޤައްދަސްގަވާފަދައިން އިބްރާހިމްގެފާނަކީ މާތްﷲ ކުރިފުޅުމަތީ ސާލިހުމީހެއް
އެކަލާނގެއަށް އީމާންތެރިކަން ހާމަކޮއްދޭ އަމަލެއްގެ ގޮތުން އަމިއްލަ ދަރިކަލުން ޤުރުބާންކުރަން ތައްޔާރަށް ހުއްނެވިީތީ މާތްﷲ އެކަލޭގެފާނު ޝަރަފުވެރި ކުރެއްވި
މާތްﷲ އިބްރާހިމްގެފާނަށް ދަރިފުޅުގެ ބަދަލުގައި ޤުރުބާންކުރުމަށް ކަންބަޅިއެއް ދެއްވުމަށް ހިންމެވި
މާތްﷲ އީ އިންސާފުވެރި ކަލާނގެ، އަހަރުމެން އެކަލާނގެއާއި ވަކިވެ މަރު ހައްޤުވެގެންވޭ
އެކަމަކު އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގެންވޭ، އެކަލާނގެ އެދިވޮޑިގެންވަނީ އެކަލާނގެއާއެކު އަހަރެމެންނަށް ދާއިމީ ދިރިހުރުން ލިބުން
އިބްރާހިމްގެފާނުންގެ ދަރިކަލުންގެ ބަދަލުގަ ޤުރުބާންކުރެއްވުމަށް ކަންބަޅިއެއް ދެއްވިފަދައިން
އީސާގެފާނު އަހަރުމެންގެ އެންމެފަހުގެ އެންމެފުރިހަމަ ޤުރުބާނަށް ވުމަށް އެކަލާނގެ ނިންމެވި
އީސާގެފާނު އަހަރެމެންގެ ފާފަތައް ފުއްސަވާ ފާފަގެ ހުކުމް ކަމަށްވާ މަރުން މިނިވަން ކުރައްވި
އަދި އަހަރުމެއްނަކީ ސާލިހުން ކަމުގައި ލެއްވި
ފުރިހަމަ އަށް ކަލާނގެ ކަމަށްވާ އީސާގެފާނު ފުރިހަމަ އިންސާނަކަށް ވެވަޑައިގަތީ އަހަރެމެންގެ ހަލާކުވެފައިވާ ދުނިޔެއަށް ވަޑައިގެން ފުރިހަމަ ދިރިއުޅުމެއް އުޅެއްވުމަށް
އަދި އެކަލޭގެފާނު އަވަހާރަވުމުން އަހަރެމެންގެ ލަދުވެތިކަމާއި އަހަރުމެންގެ އަދަބު ޙޮދު އެކަލޭގެފާނު އުފުއްލެވި
އެކަލޭގެފާނު މަރުވެދިޔައީ އަހަރުމެންނަށް ހައްޤުވެގެންވާ މަރުން
ތިންދުވަސް ފަހުން އީސާގެފާނު އެބުރި ދިރިވަޑައިގެއްނެވީ ދެން ދުވަހަކުވެސް މަރުނުވުމަށް
ކިތާބުލްމުޤައްދަސްގެ އުފާވެރި ޙަބަރަކީ މިއީ
މާތްﷲ އަހަރުމެއްނަށް އެކަލާނގެއާއެކު ނިމުމެއްނުވާ ދާއިމީ ޙަޔާތް ލިބޭނެ ގޮތް ހައްދަވައިދެއްވާފި
އަލްމަސީޙު މެދުވެރިކޮށް މާތްރަސްކަލާނގެ ތިބާއަށް ކޮށްދެއްވި ކަންތަކުގެ މައްޗަށް ތިބާ އީމާންވުމުން އެކަލޭގެފާނު ތިބާގެ ބަދަލު ކަމުގައިވޭ
ތިބާގެ ލަދު ޝަރަފަށް އަދި ތިބާގެ ފާފަ ސާލިހުކަމަށް ބަދަލުވޭ
ކިތާބުލްމުޤައްދަސްގަވޭ ފާފައިގެ އުޖޫރައަކީ މަރޭ
އެކަމަކު މާތްރަސްކަލާނގެ ދެއްވި ހަދިޔާއަކީ މާތްސާހިބާ އީސާއަލްމަސީހު މެދުވެރިކޮއް ދެއްވި ނިމުމެއްނުވާ ހަޔާތް
އެކަމަކު އެހަދިޔާއަކީ ތިބާގެ ހަދިޔާއެއް ކަމުގައި ވާނީ އެ ހަދިޔާ ބަލައިގަތުމުން.
ތިބާ އެދޭނަމަ ދުޢާކޮށް ހަމަ މިހާރުވެސް މިހަދިޔާ ބަލައިގަނެވިދާނެ