ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
ދުވަހަކުވެސް ހިތަށް އެރިތަ، މާތްﷲއަކީ ކޮބާބާއޭ؟
އެކަލާނގެ ދެނެގަނެވޭނެގޮތެއް ވޭބާއޭ؟
އަސްލު އެކަލާނގެއަކީ ކޮން ފަރާތެއްބާއޭ؟
މާތްފަތްފުއް ތަކުގައި ލިޔެވިފަވަނީ "ވެރިރަސްކަލާނގެއާ މާތްސާހިބާއީ އެއްފަރާތެއް" މިހެން.
މާތްﷲއީ މަތިވެރި ކަލާނގެ
އެކަލާނގެ ފެށުމެއް، އަދި ނިމުމެއްނުވޭ. އަދި އެއްވެސް އެއްޗަކަށް ބޭނުމެއްނުވޭ
އެކަލާނގެއަށް ނިމުމެއްނުވޭ، އެކަލާނގެވަނީ ވަގުތުގެ މިންގަޑުން ބޭރުގަ
ހެއްދެވި ފަރާތްކަމުން އެކަލާނގެ ބޭނުންކަމެއް ކުރުމުގެ އިޚްތިޔާރު އެކަލާނގެއަށްވޭ
އެކަލާނގެ ޙައްދެއްނުވާ ލޯބިފުޅުން ނިންމެވީ އަހަރުމެން ހައްދަވާ އެކަލާނގެ ދެނެގަނެ އެކަނލާގެއާއި ގާތްގުޅުމެއްބޭއްވުން
މާތްފަތްފުއްތަކުގައި ސާފުކޮށް ބަޔާންވޭ
އެކަލާނގެއީ ބަދަލެއްނުވާ ޠާހިރުވަންތަ، ޖަލާލަތުވަންތަ ކަލާނގެއޭ
އެކަމަކު އެކަލާނގެ އެދެނީ އެކަލާނގެ ދަރިންގެގޮތުގަ އެކަލާނގެ އާއިލާއަށް އަހަރުމެނަށް މަރުހަބާ ކިޔާ
އަހަރެމެންގެ ސުވަރުގޭގައިވާ ބައްޕާފުޅުކަމުގައި ވުމަށް
އެކަލާނގެއީ ފެންނަ އަދި ނުފެންނަ ހުރިހާ އެއްޗެއްގެ ވެރިރަސްކަލާނގެމެ
އެކަލާނގެއަށް އަހަރެމެންގެ ބަޣާވާތާ މެދު އަޅާނުލާ ދޫކޮށެއްނުލެވޭނެ
އެކަލާނގެ އަމުރުފުޅުތަކަށް ފުރައްސާރަ ކުރާހިނދު އެކަލާނގެ ކޯފާ އަހަރެމެންގެ އަމަލުތަކާ ދެކޮޅަށް އަނދާ
ފުރިހަމަ ގާޟީގެ ގޮތުގަ އެކަލާނގެ ތެދާއި ޞާލިޙުކަން ދަމަހައްޓަވާ
އެއީ ހަލާކާއި ވޭނާއި ފޮނުއްވަން ޖެހުނު ކަމުގައިވިޔަސްމެ
ދުނިޔެ ވަނީ މާތްﷲ އާއި ދެކޮޅަށް ބަޣާވާތްކުރުމަށް އަޅުވެތިވެފަ
އެކަލާނގެ އަހަރެމެންގެ ބަޣާވާތް ތެރިކަމާމެދު ހިތާމަކުރައްވާ
މާތްﷲ އީ އެންމެ މަތިވެރި ފަރާތް
އެކަލާނގެ މަތިވެރި ކަމުން ނުބައިކަމުން ފުރިފައިވާ މީހުން އެކަލާނގެ ލޯބިން ސާލިހުއްނަށް ބަދަލުކޮއްލާ
އަހަރުމެން އެކަލާނގެއާ ގާތްކުރެވޭނީ ހަމަ އެކަލާނގެއަށް
ކެތްތެރިކަމާ ދީލަތިކަމާއެކު އެކަލާނގެ ދަރިންނަށް އަޅާލައްވާ، ހިތްވަރު ދެއްވާ މަގުދައްކަވާ
އެކަލާނގެ ނިޢުމަތްފުޅު ފުރިއަރާ އަދި އެކަލާނގެ ވަޢުދެއްވެއްޖެނަމަ ފުއްދުމަށް ވަފާތެރިވޭ
އެކަލާނގެ އަބަދުވެސް ޙާޟިރުގަވޭ އަދި އެކލާނގެ މަތިވެރިކަމުގެ މިންވަރު އަހަރުމެއްނަށް ހީވެސް ނުކުރެވޭ
އެކަމަކު އަހަރުމެއްނާ ގާތް އަދި އަމިއްލަވެސްމެ
ހުރިހާ އެއްޗެއްގެ ވެރި ރަސްގެފާނުމެ، އަދި ބައްޕަ ވެސްމެ
އެކަލާނގެ ހުރިހާގޮތަކުން ފުރިހަމަފަދާން އަހަރެމެންދެކެ ވާ ލޯބިފުޅުވެސް މުޅިން ފުރިހަމަ
އެކަލާނގެ އަހަރުމެން ދެކެނީ ހަމައެކަނި ބަޣާވާތަށް އަޅުވެތިވެފަވާ ބައެއްގެ ގޮތަކަށްނޫން، މިނިވަން ކުރަން ރާވާފަވާ އެކަލާނގެދަރިންގެ ވެސް ގޮތުގަ
އެކަލާނގެއާ ގުޅިގެން އުޅުމަށް އަހަރުމެއްނަށް އެކަލާނގެ ދަޢުވަތު ދެއްވާ
އެކަލާނގެ އުފަލާއި، ހަމަޖެހުމާ، ބާރުފުޅު މެދުވެރިވެ އަހަރުމެނަށް އެކަލާނގެ ދެނެގަނެވޭ