ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
ފާފައަކީ އިންސާނުންގެ މެދުގައި ބައިބައިވުން އުފައްދާ، މާތްﷲ އާއި އަހަރެމެން ވަކިކުރާ ހުރަސް
އިންސާނުން އެމީހުންގެ އަމަލުތަކަށް ޒިންމާދާރުވެ ފާފަތައް ކުރާނަމަ
މާތްﷲ އެމީހުން ދިންނެވުމުގެ ބަދަލުގަ އަމިއްލައަށް ފާފަފޮހެވޭނެ ގޮތެއް ހޯދުމަށް ދޫކޮއްލީހެއްނު؟
މާތްﷲ އަކީ ލޯބި، ދިރިހުރުން ދެއްވާ ފަރާތް
އެކަލާނގެ އިންސާނުން އުފެއްދެވީ ރޫޙާނީ ގޮތުންނާއި އެކުވެރިކަމުން އެކަލާނގެއާ ގުޅިފައިވުމަށް
އެކަމަކު އިންސާނުން ޙިޔާރުކުރީ މާތްރަސްކަލާނގެއާ ޚިލާފުވެ ފާފަކުރުމަށް
އަހަރެމެންގެ ދިރިހުރުމުގެ އަސްލު މަސްދަރު ކަމުގއިވާ މާތްﷲ އާ ވަކިވުމަށް
ފާފަ ރޯގާއެއްހެން އެއް ޖީލުން އަނެއް ޖީލަށް ފެތުރި
މީހުން މާތްރަސްކަލާނގެއާއި އަދި އެކަކު އަނެކަކާ ވަކިކުރަމުންދޭ
މާތްރަސްކަލާނގެ އެކަލާނގެ ނަބިއްޔުން މެދުވަރިކޮށް އެންގެވުންތަށް އެންގެވި
އެކަލާނގެ އާ އަމުރުފުޅުތަށް އަންގަވާ ކިޔަމަންވުމުގެ ފުރުޞަތު ދެއްވި، ނަމަވެސް އިންސާނުން އަބަދުވެސް ނާކާމިޔާބުވި
ފާފަކޮއް، މާތްރަސްކަލާނގެއާ ވަކިވުމުގެ އުޖޫރައަކީ މަރު
މާތްﷲ އީ ފުރިހަމައަށް އިންސާފުވެރި ކަލާނގެ ކަމުން، އިންސާނުންގެ ފާފަތަކަށް އަޅާނުލާ އެއްވެސް އަގަކާ ނުލާ ފުއްސަވާކަށް ނުނިއްމެވި
މާތްﷲ އީ މަތިވެރި އަދި ޞާލިހު ކަލެއް
އެކަލާނގެ ތަބިއްޔަތުފުޅު ދެގޮތެއްނުވޭ، ވީމާ ފާފައަށް ޙުކުމްކޮށް އަދަބު ދޭން ޖެހޭ
ވީއިރު އެކަލާނގެ ދެއްވާ މާފު ހޯދައި އެކަލާނގެ ޙުކުމުން ސަލާމަތް ވުމަކީ އަހަރެމެންގެ ކަމެއް ނޫންތަ؟؟
އެކަމު އިންސާނުންނަށް މާތްﷲ ގެ އަމުރުފުޅުތަކެއް ނުހިފެހެއްޓޭނެ، ފާފައެއް ނެތި އަހަރުމެއްނަށް ދިރިއެއް ނޫޅެވޭނެ
އަދި އަހަރެމެންނަށް އަމިއްލައަކަށް ފާފައިން މިންޖެއްނުވެވޭނެ
ހީވާނީ އަހަރެމެން މިވަނީ ހަލާކުގެތެރަށް ވެއްޓި ގެއްލިފަހެން
ނަމަވެސް މާތްﷲ އެކަލާނގެ ޚަލްޤުކުރެއްވި އިންސާނުން މަރުވެދާކަށް ނެއެދޭ
އެކަލާނގެއީ ރަޙުމަތްވަންތަ ލޮބުވެތި ކަލާނގެ، އެކަލާނގެ އެދެނީ އަހރުމެން އާލާވެ އެކަލާނގެއާއިއެކު ފުރިހަމައަށް ދިރިއުޅުން
މާތްރަސްކަލާނގެ އިބްރާހިމްގެފާނުން ފެށިގެން ނަބިއްޔުން މެދުވެރިކޮށް
އެކަލާނގެ ފޮނުއްވާނޭ ދިއްނަވާނޭ ފަރާތާބެހޭ ރޭވުންފުޅުތަށް އަންގަވަމުން ދިޔަ
އެއީ އިންސާނުންގެ ފާފަގެ އަދަބުގެ އަގު އަދާކުރާނެ ފަރާތް
އެ ދިއްނަވާނޭ ފަރާތަކީ އީސާގެފާނު
ސުވަރުގޭގައިވާ އެކަލޭގެފާނުގެ ޖަލާލަތުން ބިމަށް ފައިބައިވަޑައިގެން އިންސާނީ ސިފަފުޅު ޙިޔާރުކުރެއްވި
އަދި އަހަރެމެންނަށް ދުވަހަކުވެސް ނުކުރެވޭނެ ކަމެއްކަމުގަވާ ފާފައެއްނެތް ދިރިއުޅުމެއް އުޅުއްވި
އީސާގެފާނު އަހަރެމެންގެ ފާފަތަށް އިހުތިޔާރާއެކު އުފުއްލަވާ، އަހަރެމެންނަށްޓަކައި މަރުގެ އަދަބު ތަހައްމަލު ކުރެއްވި
އެކަމަކު މަރަކަށް އެކަލޭގެފާނު ނުހިފެހެއްޓުނު
މަރާއި ފާފަ ފަތަޙަކުރައްވައި އީސާގެފާނު ކައްވަޅުން އަރާވަޑައިގެން
އަހަރުމެއްނަށް މާތްﷲ އާއެކު އަލުން ގުޅުން އަލާކުރެވޭނެ ގޮތް ދެއްކެވި
މާތްﷲ އަހަރުމެންދެކެ ލޯބިވޭ އަދި އިންސާނުންގެ ކިބައިގައި އަމިއްލެއަށް އަލުން އަލާވުމުގެ ޤާބިލުކަން ނެތުމުން
އީސާގެފާނު އަހަރެމެން ފާފައާއި މަރުގެ ކިބައިން ސަލާމަތް ކުރެއްވީ އަހަރެމެން އެކަލޭގެފާނާއެކު ދިރިއުޅުމަށް
އީސާގެފާނުވި ޤުރުބާނީ އަހަރުމެން ޤަބޫލުކުރަން ޖެހޭނެ
އޭރުން މާތްﷲ އާއިއެކު އަލުން އާލަވެފައިވާ ގުޅުމުގެ ފުރިހަމަ މިނިވަންކަން ލިބޭނެ