ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
އީސާގެފާނަށް އީމާންވާ މީހުން ތިން ކަލަކު ޤަބޫލުކުރާ ކަމަށް ހީވޭތަ؟
މާތްﷲ އަކީ މާތްﷲ
އެކަލާނގެ ބާރާއި ވުޖޫދަކީ އިންސާނުންނަށް ވިސްނޭނެ ކަމެއްނޫން
އެކަލާނގެއީ ހުރިހާ އެއްޗެއް ހެއްދެވި ފަރާތް، ކޮންމެ ކަމެއް ކުރުމަށް އެކަލާނގެއަށް އިޚްތިޔާރުލިބިގެންވޭ
އެކަމު އެކަލާނގެ އިޚްތިޔާރު ކުރެއްވީ އަހަރުމެންނަށް އެކަލާނގެ ޠަބީޢަތް ހާމަކުރުމަށް
މާތްފަތްފުއް ތަކުގައި ވަނީ "އަހަރުމެންގެ ވެރިރަސްކަލާނގެއާ، މާތްސާހިބާއީ އެއްފަރާތެއް" މިހެން
އެކަލާނގެ މާތް ޠަބީޢަތްފުޅަކީ ސިއްރެއް
އެކަމު މާތް ފަތްފުއްތަކުގައި އެކަލާނގެ ޠަބީޢަތާ މެދު ލިޔެވިފައިވާތީ
އަހަރުމެއްނަށް އެކަން ވިސްނެން ފެށޭނެގޮތް ތަނަވަސްވި
މިގޮތަށް މާނަ ދޭހަކޮށްލަން މަސައްކަތް ކޮށްލަބަލަ
އަނގޮޓިއެއްގެ ސިފަ ތަޞައްވުރު ކޮއްލަބަލަ
އެއް ބައްޓަމެއް، އެއް އެއްޗެއް
ފެށުމެއް ނިމުމެއް ނެތް ފުރިހަމަ ވަށަމިނެއް
ދެން ތަޞައްވުރު ކޮށްލަބަލަ މި އަނގޮޓި ހެދިފައިވަނީ ގުޅުވިފަވާ ތިންބައި އެއްކޮއްގެންކަން
އޭރުންވެސް ހަމަ އެއީ އޭގަ ރީތި ތިންބައި އެކުލެވޭ އެކަމު އެއް އަނގޮޓިއެއް
ގުޅިފަ އެކަމަކު، ވަކިވަކިން
މި އަނގޮޓީގެ މިސާލުން މާތްﷲގެ ޠަބީޢަތާއި މެދު ޚިޔާލު ކޮއްލަމާ
މި ތިންބައިން އެކަލާނގެ ޝަހުސިއްޔަތު ތަމްސީލުކޮއްދޭ
އެކަލާނގެ ފުރަތަމަ ޝަޚްޞިއްޔަތެއްކަމުގައި ހާމަކުރައްވަނީ އުޑުގާވޮޑިވެންވާ ބައްޕާފުޅު
ފެންނަ އަދި ނުފެންނަ ހުރިހާ އެއްޗެއް ހެއްދެވި ފަރާތް
އެކަލާނގެ އިށީދެވަޑާން އިންނަވަނީ ސުވަރުގޭގެ ތަޚުތުކޮޅުގަ
އެކަލާނގެ ދެވަނަ ޝަޚްޞިއްޔަތަކަށް ހާމަކުރައްވަނީ އީސާގެފާނު
އެއީ އިންސާނަކު ފަދައިންވާ މާތްރަސްކަލާނގެ ޠަބީޢީ ސޫރަފުޅު
އެކަލޭގެފާނުގެ ލަޤަބަކީ "މާތްރަސްކަލާނގެ ދަރިކަލުން” މި ލަޤަބު
ކިތާބުލްމުގައްދަސް ގަވޭ “މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން މެދުވެރިކޮށް އަހަރުމެއްނާ މުޙާތަބުކޮށްފި"
އެކަލޭގެފާނީ އެކަލާނގެ ޖަލާލަތުގެ ވިދުން
އެކަލާނގެ ވުޖޫދުފުޅުގެ ތަމްސީލުވުން
އީސާގެފާނުގެ ގޮތުގައި މާތްރަސްކަލާނގެ ދުނިޔެއަށް ވަޑައިގަތީ އިންސާނިއްޔަތު ސަލާމަތް ކުރައްވާ
އެކަލާނގެ ރޭވުންފުޅު އެންގެވުމަށް
ތިންވަނަ ޝަޚްޞިއްޔަތު ކަމަށް ހާމަކުރައްވަނީ އެކަލާނގެ ރޫޙުފުޅު
“އެއީ "އެހީތެރިވާ ފަރާތް
އީސާގެފާނު ވިދާޅުވި “އަހަރެން ބައްޕާފުޅަށް އެދޭނަން،
އޭރުން ތިބާއަށް އެހީތެރިވުމަށް ވަކީލަކު ދެއްވާނެ
އަދި އެފަރާތް އަބަދަށްޓަކައި ތިބާއާއެކުގައި ވާނެ—
އެއީ ތެދު ރޫހުފުޅު
އެރޫހުފުޅު ތިބާޔާއެކު ދިރިއުޅޭނެ އަދި ތިބާގެ ކިބައިގަވާނެ
މާތްﷲ ދެނެގަނެ އެކަލާނގެ އެންގެވުންތަށް ވިސްނަގަތުމަށް ރޫޙުފުޅު އެހީތެރިވޭ
ކިތާބުލްމުގައްދަސްގެ ކަލާނގެއަކީ ހަމަ އެއްކައުވަންތަ މާތްﷲ
ތިން ޝަހުސިއްޔަތެއްގެ ގޮތުގައި ފުރިހަމަޔަށް އެކަލާނގެ ވުޖޫދުވެވޮޑިގެން
އަހަރުމެއްނަށް އެކަލާނގެ ވުޖޫދުގެ މަތިވެރިކަން ދެނެގަތުމަށް އެހީވެދީ
އެކަލާނގެއާ އިންސާނުއްނާމެދު ވާ ބޮޑުތަފާތު ސާފުކޮއްދެއްވި
މަތިވެރި އެއްކައުވަންތަ ފަރާތް، އިޙްތިހާރުކުރެއްވީ އެކަލާނގެއަކީ ކޮބާކަން ފާޅުކޮއްދެއްވުމަށް
އަދި އެކަލާނގެއާ ގުޅިގެން އުޅުމަށް އަހަރުމެއްނަށް ދައުވަތު ދެއްވުމަށް