ވީޑިއޯ ލޯޑް ކުރަނީ
ޓްރާންސްކްރިޕްޓް
Dhivehi (ދިވެހި)
އީސާގެފާނަކީ ކޮންބޭކަލެއް؟
އެކަލޭގެފާނު ކުރެއްވީ ކޮންކަމެއް؟
އަދި އެކަން ކުރެއްވީ ކީއްވެ؟
މަތިވެރި މާތް އީސާގެފާނު ސުވަރުގޭގައި ރަސްކަންކުރެއްވި
އެކަމަކު އިންސާނިއްޔަތު އޮތީ ފާފަގެ އަޅުވެތިކަމުގަ
މާތްﷲ އިންސާނުންދެކެ ލޯބިވެވޮޑިގެންވޭ
އަދި އެމީހުން މިނިވަންވުމަށް އެދިވޮޑިގެންވޭ
އެހެންކަމުން އިސާއަލްމަސީޙު ދުނިޔެއަށް ފައިބައިވަޑައިގަތީ ވަހީގެބަސްފުޅުތަށް ފުރިހަމަ ކުރައްވައި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށް
މާތްރަސްކަލާނގެ ރޫޙުފުޅު މުއުޖިޒާތަކުން މަރިޔަމް ކިޔާ ޅަ ކަނބަލެއްގެ މައްޗަށް ހިޔަނިއެޅުއްވި
އަދި ޖިންސީ ގުޅުމަކާނުލާ އެކަނބުލޭގެ ބަލިވެއިން
އޭގެ އެތަށް މަހެއް ފަހުން އީސާގެފާނު އުފަންވެވަޑައިގަތީ ޖަނަވާރަށް ކާންދޭ ހުއިއަޅާ ހަރުގެއެއްގަ
އީސާގެފާނަކީ އިންސާނެއް ނަމަވެސް އެކަލޭނގެފާނަކީ ކަލާނގެވެސްމެ
އެހެނީ އެކަލޭގެފާނު އަމިއްލަ ނަފުސުފުޅަ ނިސްބަތްކޮށް
މާތްރަސްކަލާނގެ ދަރިކަލުންނޭ ވިދާޅުވި
މިލަޤަބުފުޅުގެ މާނައަކީ އެކަލޭގެފާނީ އިންސާނަކުފަދައިންވާ މާތްރަސްކަލާނގެކަން
އީސާގެފާނުގެ ޠަބީޢަތްފުޅަކީ އަހަރެމެންގެ ސިކުނޑިތަކަށް ފުރިހަމައަށް ވިސްނޭނެ ސިއްރެއްނޫން
އެކަލޭގެފާނު ދުނިޔޭގައި އުޅުއްވިއިރު މުޢުޖިޒާތްތައް ދެއްކެވި
އާރާއި ބާރުވެރިކަމާއެކު ކިޔަވައިދެއްވި...
އަދި ފާފައެއް ނެތް ދިރިއުޅުމެއް އުޅުއްވި -
އެގޮތުން އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނޫޅެވޭނެ ފުރިހަމަ ދިރިއުޅުމެއްޅުއްވި
އީސާގެފާނު ރުހުމާއެކު އަހަރުމެއްނަށްޓަކާ ޤުރުބާންވެވަޑައިގަން
ތިން ދުވަސް ފަހުން
އީސާގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގަން
ފާފައާއި މަރުގެ މައްޗަށް އެކަލޭގެފާނު ހޯއްދިެވި ކާމިޔާބީ ދެއްކެވި
އީސާގެފާނު ސުވަރުގެއަށް ވަޑައިގެންނެވި
އެއީ ދެން ދުވަހަކުވެސް އަވަހާރަނުވުމަށް
އެއާ މިފަދަ ލަޤަބުތަކާއިއެކު އެކަލޭގެފާނަށް ސަނާ ކިޔޭ ސަބަބު
ސަލާމަތްކުރައްވާ ފަރާތް، މާތްރަސްކަލާނގެ ދަރިކަލުން، އަދި މާތްރަސްކަލާނގެ ދެއްވި ކަންބަޅި
އީސާގެފާނު ހުރިހާ ވަހީބަސްފުޅުތަކެއް ފުރިހަމަކުރެއްވި
އަހަރެމެންގެ އަދަބު ކެއްތެރިވެ އުފުއްލެވި
އަދި އަހަރުމެން ފާފައިން ސަލާމަތްކޮއްދެއްވި
އެއްދުވަހަކުން އެކަލޭގެފާނު ހުރިހާ މީސްތަކުންގެމަށްޗައް ހުކުމް ކުރެއްވުމަށް އެނބުރި ވަޑައިގަންނަވާނެ
އެކަލޭގެފާނުގެ ޙަޔާތާއި މަރާއި އަދި އަލުންދިރިވަޑައިގަތުމުން
އަހަރުމެއްނަށް މިނިވަންވެވޭނެ ގޮތެއްދެއްކެވި
އަހަރުމެން ތައުބާވާން ޖެހޭކަން ކިތަބުލްމުޤައްދަސް ސާފުކޮއްދޭ
އަދި އީސާގެފާނަކީ ފާފައިން ސަލާމަތްކޮއްދެއްވާނެ ފަރާތްކަމުގައި އަހަރުމެން އީމާންވާންޖެހޭނެ
އެއީ މާތްރަސްކަލާނގެއާ އެކު ލޯބިވެތި އަލުން އާލާވެފައިވާ ގުޅުމެއް ތަޖުރިބާ ކުރުމަށް
ތިބާ މިހުށައެޅުން
ބަލައިގައްނާނަންތަ؟